މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ. ދުވާފަރު ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ރ. ދުވާފަރު ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރ. ދުވާފަރު ޞިއްޙީމަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00އަށް ރ. ދުވާފަރު ޞިއްޙީމަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ