ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ކަރަންޓާބެހޭ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އެއަރޕޯޓްތަކަށް ބޭނުންވާ ކަރަންޓާބެހޭ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހުގެ ދަށުގައިވާ އެއަރޕޯޓްތަކުގެ ކަރަންޓްގެ މަސައްކަތަށް ބޭނުންވާ ކޭބަލް، ޑިސްޓްރިބިއުޝަން ބޮކްސް އަދި ބައެއް އެހެނިހެން ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ