ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިނެއް ސަޕްލައިކޮށްދިނުމަށް

މި ކޯޓުގެ ނަންބަރު IUL)197-A3/01/2015/30)ފ(25 ޖޫން 2015)ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މި ކޯޓުން ދީފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ފޮޓޯކޮޕީމެޝިނެއް ހުށަހަޅާފައިނުވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކޯޓަށް ފޮޓޯކޮޕީމެޝިނެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ