ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކަރަންޓުގެ ޚިދުމަތާ ގުޅޭ ގޮތުން މާލޭގެ މަގުތައް ކޮނުމާގުޅޭ

    އިޢުލާން 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލޭގެ މަގުތައް ކޮނުމަށް ގެންނެވި ބަދަލާގުޅިގެން 2015 އޮގަސްޓު 23 އިން ފެށިގެން، ކަރަންޓުގެ ޚިދުމަތާ ގުޅޭ ގޮތުން މިކުންފުނިން ކުރަމުން އައި ކޮނުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

              8 ޛުލްޤަޢިދާ 1436  

23 އޮގަސްޓް 2015
ހޯދާ