ހއ. މާރަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 ( އެކެއް )

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް. 01

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން / ސެކްޝަން

އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަން

މާރަންދޫ ޞިއްޙީ މަރުކަޒު / ހއ މާރަންދޫ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ހއ މާރަންދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މަރުކަޒުގެ ސަރަޙައްދު ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން

2. މަރުކަޒުގެ އޮފީސް ބައިގައިހުރި ހިފައިގެންގުޅޭ ތަކެއްޗާއި، މެޝިންތަކާއި، އިކްވިޕްމަންޓްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއެކު، މަރުކަޒުގައި ހިފައިގެންގުޅޭ ތަކެތި ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

3. ޞިއްޙީ މަރުކަޒުގެ އިމާރާތުގައި ހިމެނޭ އެކިތަންތަނުގެ ތަޅުންގަނޑު ކުނިކަހައި މޮޕްއަޅައި ސާފުކުރުން.

4. މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު އަދި ޕާރުސަލް ފަދަތަކެތި އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސްދިނުން.

5. މަރުކަޒާއި މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށް މަސައްކަތް ކުރުން.

6. މަރުކަޒާއި އޮފީހުގެ ފަންކާތަކާއި ފެންލައިޓްތައް އަދި ދޮރުތައް ފޮޅައި ސާފުކުރުން.

7. މަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލުން (އިންސިނަރރޭޓް ކުރުން) އަދި އަންދާނުލެވޭ ކުނި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަ ކުރެވިފައިވާ ޞަރަޙައްދަށް ގެންގޮސް އުކާލުން.

8. މަރުކަޒުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

9. މަރުކަޒުގައި ޤާއިމު ކުރެވިފައިވާ ބޯފެނުގެ ނިޒާމު ބެލެހެއްޓުން.

10. މަރުކަޒުގެ ފަރާތުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި ވެރިން އަންގަވާ ކަންތައްތައް ކުރުން

11. ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން މަރުކަޒުގައި ޤައުމީ ދިދަ ނަގައި ބޭލުން

12. މަސައްކަތު މީހާގެ މަސައްކަތް ސްޕަވައިޒް ކުރާ ފަރާތުން ދޭ ލަފައާއި އިރުޝާދު ޤަބޫލުކޮށް އެގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން.

13. މަރުކަޒުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން. މަރުކަޒުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ)

ސުންގަޑި

މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް މާރަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500566 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ