ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ޑިރެކްޓަރ

(ކޮންޓްރެކްޓް އުސޫލުން 10 މަސްދުވަހަށް)

01

މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 09 ވަނަ  ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާރޒް ޑިގްރީ ނުވަތަ  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 07 ވަނަ ސަނަދު ހާސިލު ކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ ސީނިއަރ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވްރެޖް %90 މާރކްސް ލިބިފައިވުން

ހެނދުނު 8.00 އިން މެންދުރުފަހު 15.00  އަށް،

 

މަހަކު-/13650 ރުފިޔާ

  • ކޮމިޝަނުގެ އިދާރީ މަސައްކަތްތަކާއި ޕްރޮކިއުމަންޓްގެ މަސައްކަތާއި ހިއުމަން ރިސޯސަސްގެ މަސައްކަތާއި ފައިސާއާ ގުޅުންހުރި މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ރާވައި ހިންގުން.
  • ކޮމިޝަނުގެ އިމާރާތްތަކާއި ތަކެތި މަރާމާތުކުރުމާއި ކޮމިޝަންގެ އިދާރާ ހިންގުމަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ހޯދުމުގައި އެ މަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުން.
  • މުވައްޒަފުން ވެއްދުމާއި، ބަދަލުކުރުމާއި ވަކި ކުރުމަށް ކޮމިޝަނަނުން އަންގަވާ ގޮތެއްގެ މަތީން ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން
  • ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ގަވައިދުގެ ދަށުން ކޮމިޝަންގެ މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން މާލީ ކަންތައްތައް ބެލެހެއްޓުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާ ކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: މި ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި: 27 އޮގަސްޓު 2015 ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ފޯމުއާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173، 3003143 ނަންބަރުގެ ފޯނަށެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ