މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފައިނޭންޝަލް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ފައިނޭންޝަލް އޮފިސަރ

މުސާރަ

ގަޑިއަކަށް 71/43 ރުފިޔާ (މަހަކު -/15000)

މުއްދަތު

03 މަސް ދުވަސް

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމެންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސްގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅިގެން ހުށަހަޅާ ބިލްތައް ޗެކްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން. އަދި ބިލްތައް ޕްރޮސެސް ކުރުމުގައި ސަރުކާރުގެ ތެރެއިންނާއި ކޮންޓްރެކްޓަރ/ކޮންސަލްޓަންޓުންނާ ކުރަންޖެހޭ ހުރިހާ މުޢާމަލަތުކުރުން.
  • ކަނޑައެޅިފައިވާ ނިޒާމްގެ ތެރެއިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްޜެޒަރީއަށް ޕްރޮސެސްކޮށް ބިލްތައް މޮނީޓަރކޮށް ވީއެންމެ އަވަހަކަށް މި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނަށް ފައިސާ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޮންމެ މަހެއްވެސް ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގެ މުވައްޒަފުގެ މުސާރަ ވޯޗަރ ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޓް ޓްރެޜަރީއަށް ފޮނުވުން އަދި ކަނޑައެޅިފައިވާ ދުވަހު މުއައްޒަފުންގެ އެކަންޓަށް މަހު މުސާރަ ޖަމާކުރުމަށްޓަކައި ބެންކްއަށް ފޮނުވުން.
  • ފެނާއި ނަރުދަމާގެ ޕްރޮޖެކްތަކުގެ އެ އަހަރަކަށް ބޭނުންވާ ކޭޝްފުލޯ ޕްރޮޖެކްތަކުގެ ކޯޑިނޭޓަރުންނާއެކު ތައްޔަރުކޮށް މަހުން މަހަށް އެޕްރޮޖެކްޓެއްގެ ބަޖެޓް ކޯޑަށް ފައިސާ ޖަމާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. މީގެ ތެރެއިން ފައިސާ ހަމަ ނުޖެހިވާ ޕްރޮޖެކްޓްތަކަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްޜެޒަރީއާއި މުޢާމަލާތުކޮށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މަސައްކަތްކުރުން.
  • ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގެ ޑިސްޕާސްމަންޓް ދުވަހުން ދުވަހަށް ބަލައި، މަހުން މަހަށް ތައްޔާރު ކުރަންޖެހޭ ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން.
  • ފެނާއި ނަރުދަމާގެ ޕްރޮގްރާމް އަދި ޕީ.އެސް.އައި.ޕީ ބަޖެޓް ޑިސްޕާސްމަންޓް މަހުން މަހަށް ބަލައި ކޮންމެ އަހަރެއްގެ ވެސް 4 ކުއަރޓާގެ ރިވިއުއަށް ބޭނުންވާ ހިސާބުތައް ތައްޔާރުކޮށް ފައިނޭންސް އެކްސްޕެންޑިޗަރ ޕްރެޒެންޓޭޝަން ތައްޔާރުކުރުން.
  • މަޝްރޫޢުތަކަށް ލިބިފައިވާ ބަޖެޓް ޚަރަދުކުރަނީ ދައުލަތުގެ މަލިއްޔަތުގެ ގަވާއިދާއި މާލިއްޔަތާ ބެހޭ އެންގުންތަކާއި އެއްގޮތަށްތޯ ބަލައި އެކަމާ ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާއަށް ލަފާދިނުން
  • ކޮންމެ އަހަރެއްގެ ވެސް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފެނާއި ނަރުދަމާގެ ޕްރޮޖްރާމާއި ޕީ.އެސް.އައި.ޕީގެ ބަޖެޓް ތައްޔާރު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކަނޑަ އެޅިފައިވާ މުއްދަތައް ބަޖެޓް ތައްޔާރުކުރުން.
  • ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ނަގާ ޕެޓީކޭޝް ފައިސާ ބެލެހެއްޓުން.
  • ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ގުޅިގެން މިނިސްޓްރީގެ ފައިނޭންސް ޔުނިޓުގެ ފަރާތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގައި އެހީތެރިވުން.
  • މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ސަރުކާރުގެ މުދަލާއި ފައިސާ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.          

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 27 އޮގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 1 ސެޕްޓެންބަރު 2015 އާއި 30 ސެޕްޓެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ