މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން 1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ

ޑިވިޜަން:

މިނިސްޓާރސް ބިއުރޯ

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓާރސް ބިއުރޯ އަށް އަންނަ ފޯނު ކޯލްތަކަށް އަދި އަންނަ ސިޓީތަކަށް ޖަވާބުދިނުން އަދި ސިޓީތައް ގަވާއިދުން ފައިލުކޮށް ބެލެހެއްޓުން
  • އީ ގަވަރމަންޓް އެންޓްރީ ދުވަހުން ދުވަހަށް ބަލައި، ބިއުރޯ އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ސިޓީތަކަށް ޖަވާބުތައްޔާރުކުރުން
  • މިނިސްޓާރސް ބިއުރޯގެ ފަރާތުން ހަމަޖައްސަންޖެހޭ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި، އެކަމުގެ ރިކޯޑުތައް ބެލެހެއްޓުން
  • މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ރިކޯޑް ބެލެހެއްޓުމާއި އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން
  • އޮފީހުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ރާވައި ހިންގުން. މީގެތެރޭގައި ކޮންފަރެންސް ކޮޓަރި ތައްޔާރުކުރުމާއި، ސައިފޮދު ހަމަޖެއްސުން ހިމެނެއެވެ.
  • މިނިސްޓާރސް ބިއުރޯގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކޮށް ބިއުރޯގެ އިސްވެރިއެއް އަރިހަށް ގެންދިއުން
  • އެކިއެކި މުނާސަބަތުތަކާއި ގުޅިގެން މިނިސްޓަރ ފޮނުއްވާ ކާޑުތައް ތައްޔާރުކޮށް އެ ފޮނުވަންވާ ފަރާތްތަކަށް ރައްދުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރުވުން
  • މިނިސްޓަރގެ ބައްދަލުވުންތަކަށް ބޭނުންވާ ބްރީފް ތައްޔާރުކުރުމުގައި އެހީތެރިވުން

އުޖޫރަ އާއި އިނާޔަތްތައް:

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

މުޢާމަލާތުކުރާ ގޮތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

03 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

18 އޮގަސްޓް 2015
ހޯދާ