އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރިންޓަރ އަދި ސްކޭނަރ ގަތުމާބެހޭ

މިއިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)426-AB/426/2015/150) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

  • 08 ކުލަ ޕްރިންޓަރ A3 ލޭޒަރޖެޓް
  • 07 ޑޮކިއުމަންޓް ސްކޭނަރ
  • 05 ނެޓްވޯކް ޕްރިންޓަރ (ލޭޒަރޖެޓް، އޯލްއިންވަން)

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ.

04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015
ހޯދާ