މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
4 ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް 5 އަހަރުން ދަށުގެ ކުދިންނަށް ދިމާވާ، ފާހަގަކުރެވިފައިވާ ޞިއްޙީ މައްސަލަތަކުގެ މައްޗަށް ބިނާކޮށް 4 ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ