ދިވެހިރާއްޖެ
ސްކޫލްތަކަށް ފޮތް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ސްކޫލް ކުދިންނަށް 2016 ވަނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތް ފޮނުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް |
02 ސެޕްޓެންބަރު 2015 (ބުދަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
05 ޛުލްޤަޢިދާ 1436