މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަސްޓަމްސްއިން މުދާ ކުލިއަރކޮށްގެން ގުދަނަށް ގެންދިއުން

ކަސްޓަމްސް އިން މުދާ ކުލިއަރ ކޮށްގެން ގުދަނަށް ގެންދިއުން

ޓެކްސްޓް ފޮތާއި އަދި އެހެނިހެން މުދާ މާލެ ކަސްޓަމުންނާއި ހުޅުލޭ އެއަރކާގޯއިން ކުލިއަރ ކޮށްގެން މިމިނިސްޓްރީގެ ގުދަނަށް ގެނެސްދޭނެ ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

30 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް

02 ސެޕްޓެންބަރު 2015 (ބުދަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

05 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ