ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ ގދ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 އަށް ގދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ގދ. އަތޮޅު ގޮފި ހިނގަމުންދާނީ ގދ. ތިނަދޫ، މެލަންހައުސްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3003288 ފޯނާއި، ނުވަތަ ގދ. އަތޮޅު ގޮފީގެ ނަންބަރު 6842646 ފޯނާ ގުޅުއްވުން އެދެމެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ