ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އޯ.ޕީ.ޑީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. ހުޅުދެލީ ޞިއްޙީ މަރުކަޒު / ދ. ހުޅުދެލި

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރެޖިސްޓްރީކޮށް، ނަންބަރު ދޫކޮށް، ރެކޯޑް ބެލެހެއްޓުން.

2. ޑިއުޓީ ނިންމުމުގެ ކުރިން ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުތަކާއި، އެހެނިހެން މިފަދަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ޚިދުމަތް ލިބިގަންނަން އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމާއި، ޚިދުމަތުގެ މަގު ދައްކައިދިނުން.

4. ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާނެއްގެގޮތުގައި މަސައްކަތްކުރުން.

5. މަރުކަޒުގައި އަގުނަގާ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ބަޖެޓާ ހަވާލުކުރުން.

6. އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެ ދަށުން މަރުކަޒުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

7. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސް މުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީހުގެ މަސައްކަތް)

 

 

ތަޢުލީމާއި ތަޖުރިބާ

 

 

1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. ހުޅުދެލީ ޞިއްޙީ މަރުކަޒު / ދ. ހުޅުދެލި

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. މަރުކަޒުން ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ހަވާލުކުރުން.

2. މަރުކަޒުގެ އިމާރާތާއި ގޯތިތެރެ ހިމެނޭ ސަރަހައްދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ރަސްމީ ދިދަ (ޤައުމީ ދިދަ) ނަގައި ތިރިކުރުން.

4. މަރުކަޒުގެ ބަޖެޓުން ތަކެތި ހޯދަންޖެހޭ ޙާލަތްތަކުގައި ފިހާރަތަކަށް ގޮސް އަގުބެލުމުގެ މަސައްކަތްކޮށް ތަކެތި ގަތުމުގައި އެހީތެރިވެދިނުން.

5. މާލެއާއި އަތޮޅު ތެރެއިން މަރުކަޒަށް ގެންނަ ތަކެތި އުފުލުމުގައި އެހީތެރިވުން.

6. މަރުކަޒުގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ، ވިނަނޮޅައި، ސާފުކުރުން.

7. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި، އިސް މުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީހުގެ މަސައްކަތް)

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށައަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ދ. ހުޅުދެލީ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

8 ސެޕްޓެންބަރު 2015 އާއި 30 ސެޕްޓެންބަރު 2015 އާ ދެމެދު ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6760647 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

5 ޛުލްޤައިދާ 1436

20 އޮގަސްޓް 2015
ހޯދާ