ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކޭޓްރީ (ވޭޖް އެމްޕްލޯއިމަންޓް) 

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓީސަނަރސް

ރޭންކް: CS13- 1

މުސާރަ

ފަރުވާ ދެއްވާ ކޮންމެ ގަޑިއިރަކަށް -/1000 (އެއްހާސް) ރުފިޔާގެ ރޭޓުން، އުޖޫރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި

ހަފުތާއަކު 3 ދުވަހު ކޮންމެ ދުވަހަކު 2 ގަޑިއިރަށް

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ.މާލެ (ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސައިކޭޓްރިކް ފަރުވާ ދެވޭ ކްލައިންޓުންގެ މަޢުލޫމާތު ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • ކްލައިންޓުންނަށް ސައިކޭޓްރިކް ފަރުވާ ދިނުމަށްޓަކައި އެމީހުންގެ ޞިއްޙީ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓް ހެދުން.
  • ފަރުވާދެވޭ ކްލައިންޓުންގެ ފަރުވާދޭންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ފަރުވާދެވޭ ކްލައިންޓުންގެ ކައުންސެލަރުންނާއި އާއިލާއާ ގުޅިގެން ފަރުވާދިނުމުގެ މަސައްކަތްކުރުން.
  • ކްލައިންޓުންނަށް ދޭންޖެހޭ ސައިކޭޓްރިކް ފަރުވާއަށް ބިނާކޮށް ކްލައިންޓުންނަށް ބޭސް ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  • އެން.ޑީ.އޭގެ ދަށުން މާލެއާއި އަތޮޅުތަކުގައި ހިނގަމުންދާ ސެންޓަރުތަކުގެ ކްލައިންޓުންނަށް ބޭނުންވާ ސައިކޭޓްރިކް ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  • ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާނުހިނގާގޮތް ކޯޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
  • ޓެކްނިކަލް ސްޓާފުން (ޑޮކްޓަރުން، ނަރުހުން އަދި ކައުންސެލަރުން) ތިރީގައި ބަޔާންކުރެވޭ ކަންތައްތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކްލާސްތައް ހިންގުން.
  • ސައިކޭޓްރިކް ކްލައިންޓުން ބަލަހައްޓާނެގޮތް
  • ސުއިސައިޑް ކޭސްތަކަށް އެޓެންޑްކުރާނެގޮތް
  • ކޯޓުގައި ހެކި ހުށަހަޅާނެގޮތާ ބެހޭގޮތުން
  • ކްލައިންޓުންގެ ޑާޓާ ބަލަހައްޓާނެގޮތް (ފަރުވާދިނުމާwi ފަރުވާދެވޭ ކްލައިންޓުންނާބެހޭ މަޢުލޫމާތު އަދި އެސެސްމަންޓް ހެދޭ ކްލައިންޓުންގެ މަޢުލޫމާތު)
  • ފަރުވާއަށް ބޭނުންވާ ބޭސް ހޯދުމާބެހޭގޮތުން 

ތަޢުލީމާއި ތަޖުރިބާ

މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤާބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއްފެންވަރުގެ ސެޓުފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓް: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2/ އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ. އެސް 4)

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން

ނޭޝަނަލް ޑްރަގް އެޖެންސީ/ ކ.މާލެ (ކޮމިއުނިޓީ ސަރވިސް ސެންޓަރ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓްތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވައި ހިންގުން.
  • ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
  • ކްލައިންޓުންގެ ރިޕޯޓުތައް ނިންމާ ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  • ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
  • ކޮމިއުނިޓީ ފަރުވާގެ ޙިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާ ޙަވާލުވެހުންނެވި ފަރާތަކާ މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠު

ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓުލިޔުން)
  • އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކޭޓްރީ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސައިކޭޓްރިސްޓެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ހުށަހަޅަންވާނެއެވެ.
  • އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގެ "ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަން" އިން ސަޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅުއްވާ ފަރާތްތަކުން އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  • ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.

ސުންގަޑި

01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީ (ގ.ގްރީންގެ) އަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީ (ގ.ގްރީންގޭގެ ކޮންފަރެންސް ރޫމްގައެވެ.)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

16 އޮގަސްޓް 2015
ހޯދާ