ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ.ފިޔޯރީ ބަނދަރު ސަރަހައްދުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 07 ބިން، 10 އަހަރަށް ވުރެ ދިގުނޫން މުއްދަތަށް ކުއްޔަށް ހިފަން ޝައުޤުވެރިކަންހުރި އަމިއްލަ ފަރުދުންނާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރު ކުންފުނިތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 7 ބިމެކެވެ. އެއީ:

  • ޒޯން 1 ގައި ހިމެނޭ 5 ބިން (1500 އަކަފޫޓު)
  • ޒޯން 2 ގައި ހިމެނޭ 2 ބިން (1500 އަކަފޫޓު)

2- ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރެވޭ ބިންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގދ.ފިޔޯރީ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިނުމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ބީލަން ފޮތުގައިވާ ގޮތުގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތްތަކާއި މިއިދާރާއާ ދެމެދު ވެވޭ ބިމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3- ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ޒޯން ބީލަން ފޯމުގައި ބަޔާންކުރަންވާނެއެވެ. ކޮންމެ ފަރާތަކުންވެސް ޒޯނަކުން 1(އެކެއް) ބިމަށްވުރެ ގިނަ ބިމަށް އެދެވިދާނެއެވެ.

4- ބީލަން ހުށަހެޅުމާ ބެހޭ ލިޔުންތައް ހިމެނޭ މަޢުލޫމާތު ފޮތް 19/08/2015 ވާ ބުދަ ދުވަހުން ފެށިގެން 10/09/2015 ވާ ބުރާސްފަތި ދުވަހުގެ 2:30 ގެ ނިޔަލަށް ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/50ރ. (ފަންސާސް ރުފިޔާ) އެވެ.

5- އެއްފަރާތަކަށް ކިތަންމެ ގިނަ ފަރާތްތަކެއްގެ ނަމުގައި ވެސް މަޢުލޫމާތު ފޮތް ގެންދެވިދާނެއެވެ. ނަމަވެސް ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ފޮތް ނެންގެވުމުގައި ބީލަން ހުށަހަޅުއްވާ ފަރާތްކަމަށް ބަޔާންކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. އަދި މިގޮތަށް މަޢުލޫމާތު ފޮތް ގެންދަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވާ ފަރާތުގެ އިތުރުން މަޢުލޫމާތު ފޮތް ގެންދަވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ދެއްވަންވާނެއެވެ. އަދި މަޢުލޫމާތު ފޮތް ދޫކުރުމުގެ ސުންގަޑިއާ ހަމައަށް ދުކުރެވިފައިވާ މަޢުލޫމާތުފޮތް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމަށް އެދި ބީލަން ހުށަހަޅަން ބަޔާންކޮށްފައިވާ ފަރާތުން ލިޔުމަކުން ހުށަހެޅިދާނެއެވެ. މިގޮތަށް އެދިލެއްވުމުން އެކަން މިއިދާރާއިން ޤަބޫލުކޮށް އެދިލައްވާފައިވާ ފަރާތުގެ ނަމަށް މަޢުލޫމާތު ފޮތް ބަދަލުކުރުމަށްފަހު، ކުރިން ބީލަން ހުށަހަޅަން ނިންމާފައިވާ ފަރާތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ.

6- ބީލަން ތައްޔާރުކުރުމާއި، ބީލަން ހުށަހެޅުއްވުމާބެހޭ މަޢުލޫމާތު ބީލަމާބެހޭ މަޢުލޫމާތު ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

7- ބީލަން ހުށަހަޅުއްވާނީ 17/09/2015 ވާ ބުރާސްފަތިދުވަހުގެ 2:00ގައި ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއަށެވެ. 17/09/2015 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

8- ބީލަން ހުޅުވުން އޮންނާނީ 17/09/2015 ވާ ބުރާސްފަތިދުވަހުގެ 2:00 ގައި ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގައި ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

9- މި ބީލަމާ ގުޅިގެން މިއިދާރާއިން އިތުރު މަޢުލޫމާތެއް ނުވަތަ ބީލަމާބެހޭ މަޢުލޫމާތު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް އުނި އިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، އެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރާނެއެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ