ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ޘާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާ ބެހޭ

މަތީ ޘާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާ ބެހޭ 

މަތީ ޘާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބިފައިވާ ދަރިވަރުންނަށް ޓްވިނިންގ ޕްރޮގްރާމް ހެދުމަށް ހުއްދަދޭގޮތަށް މިޑިޕާޓްމަންޓުން ނިންމާފައިވާތީ ދެންނެވީމެވެ. މިގޮތަށް ޓްވިނިންގ ޕްރޮގްރާމް ހެދުމަށް ހުއްދަދޭގޮތަށް ނިންމާފައިވަނީ މެލޭޝިޔާގައި ނުވަތަ ނޮން-އޯ.އޭ.ސީ.ޑީ ޤައުމަކާއި އޯ.އި.ސީ.ޑީ ޤައުމެއްގައި ހެދޭ ޓްވިނިންގ ޕްރޮގްރާމް ހެދުމަށް ހިނގާ ޚަރަދަށްވުރެ ހަމައެކަނި އޯ.އީ.ސީ.ޑީ ޤައުމުތަކުގައި ހެދޭ ކޯހެއް ފުރިހަމަކުރުމަށް ހިނގާނެ ޚަރަދު ބޮޑުވާނެކަމަށް ފާހަގަކުރެވިފައިވާތީއެވެ. ނަމަވެސް އޯ.އީ.ސީ.ޑީ ދެ ޤައުމެއްގައި ޓްވިނިންގ ޕްރޮގްރާމް ހެދުމަށް ހުއްދައެއްނުދެވޭނެއެވެ. މިގޮތަށް ދެ އޯ.އީ.ސީ.ޑީ ޤައުމެއްގައި ޓްވިނިންގ ޕްރޮގްރާމް ހެދުމަށް ހުއްދަދެވޭނީ، އެކޯސް އެއްކޮށް އޯ.އީ.ސީ.ޑީ ޤައުމެއްގައި ހެދުމަށް ހޭދަވާ ޚަރަދަށްވުރެ ކުޑަވާނަމައެވެ.

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ