ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވެބްސައިޓް ޑިޒައިންކޮށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިންސްޓިޓިއުޓުގެ ވެބްސައިޓް އިނގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ޑިޒައިންކޮށް، 5 އަހަރު ދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 33/IUL)451-FP/1/2015) އަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، މިއިންސްޓިޓިއުޓްގެ ވެބްސައިޓް އިނގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ޑިޒައިންކޮށް، 5 އަހަރު ދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

25 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް

02 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ