މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 221475

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4 (އޮފިސަރ ގްރޭޑް 2)

މަޤާމުގެ ކްލެފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސަރވިސް: ޓެކްނިކަލް ސަރވިސް

ޔުނިޓް: ޕޮލިސީ، ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގ

ސެކްޝަން: އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މުސާރަ: 5020:00 ރުފިޔާ

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުން.

2- ރަށު  ކައުންސިލްތަކުން  ޢަމަލުކުރަމުންދާ  ތަރައްޤީގެ  ޕްލޭނުގެ  މުއްދަތު  ހަމަވުމުގެ  5  މަސްދުވަހުގެ  ކުރިން  ޤައުމީ  ތަރައްޤީގެ  ޕްލޭނަށް  އަމާޒުކޮށް  ކުރިޔަށްއޮތް  5  އަހަރު  ދުވަހަށް  ތައްޔާރުކުރާ  ރަށުގެ  ތަރައްޤީގެ  ޕްލޭން  ރަށު  ކައުންސިލްތަކުން  ތައްޔާރުކޮށް  ހޯދުން.

3- އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށާއި އަތޮޅުގެ ތަރައްޤީއަށް ފައިސާ ހޯދުމަށް ހަދަންޖެހޭ ޕްރޮޖެކްޓްތައް ހަދައި، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4- އެކިއެކި  ޕްރޮޖެކްޓްތައް  ހިންގަން  އެދޭ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތިމާވެއްޓަށް  އަސަރުކުރާނެ  މިންވަރު  ބަޔާންކޮށްދޭ  ރިޕޯޓް  ހުށަހެޅުމުން،  އެ  ރިޕޯޓް  ދިރާސާކޮށް،  އެ  ޕްރޮޖެކްޓް  ހިންގުމާމެދު  ޤާނޫނުގައިވާ  ގޮތުގެ  މަތިން  ކުރަންޖެހޭ  ކަންތައްތައް  ކުރުން.

5- ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

6- އަތޮޅާއި ރަށު ފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒްކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.

7-  އަތޮޅާއި ރަށު ފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ވިލަރެސްކުރުން.

8- އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ޕްލޭނިންގއާބެހޭ ދާއިރާއިންކަމުގައިވުން.

2- ކޮމްޕިއުޓަރުން ރަނގަޅަށް މަސައްކަތްކުރަން ދަންނަ މީހަކުކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހަކުކަމުގައިވުން.

5- ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ޤަވާޢިދުތަކަށް އަހުލުވެރި މީހަކުކަމުގައިވުން.

6- ރަށުން ބޭރުގައި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށް މަސައްކަތް ކުރެވޭ މީހަކު ކަމުގައިވުން.

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެޓިކަލްއާއި އިމްތިޙާނުކުރުން އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުން ނުވަތަ ފެކުހުން ވެސް ހުށަހެޅިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑޭޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް. އާރު އިންފޮމޭޝަން ޔުނިޓުގެ 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި މަޤާމަށް އިންޓަވިޔު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015
ހޯދާ