ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލް އެރައިވަލް ހޯލްގެ ސީލިންގ ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކުރުމަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލްގެ އެރައިވަލް ހޯލްގެ ސީލިންގ، ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/87)ފ(04 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން ތިން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލްގެ އެރައިވަލް ހޯލްގެ ސީލިންގ، ބޯރަލް ބޯޑް ސީލިންގ ސިސްޓަމަކަށް ބަދަލުކޮށް، ލައިޓު ހަރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 26 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015
ހޯދާ