ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓްގައި ކެންޓީނެއް ޢިމާރާތް ކުރުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/79)ފ(15 ޖުލައި 2015) އިޢުލާނާ ގުޅިގެން ތިން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މި އިޢުލާން ބާޠިލު ކޮށްފީމެވެ.
ވީމާ، މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ނުވަތަ ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ސެޕްޓެންބަރު 2015 (އަންގާރަ) ދުވަހުގެ 10:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ނުވަތަ ރީޖަނަލް އެއަރޕޯޓްސްއަށް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދިދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6868688 / 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
04 ޛުލްޤަޢިދާ 1436