މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ތްރީފޭސް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދަން

ތްރީފޭސް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

2013 ވަނަ އަހަރު އިމާރާތްކޮށްފައިވާ މި ސްކޫލުގެ އާ ކްލާސްރޫމްތަކަށް ކަރަންޓް ގުޅުމަށް ބޭނުންވާ ތްރީފޭސް މީޓަރބޯޑު ގުޅުމާއި، އެއަށް ބޭނުންވާ ކޭބަލް އަދި އެންމެހާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގެ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން: 27 އޮގަސްޓު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00ގައި މަރަދޫފޭދޫ ސްކޫލުގައެވެ.
  • އަންދާސީހިސާބު ހުށަހެޅުން: 03 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00ގައި މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 އޮގަސްޓް 2015
ހޯދާ