ހިރިލަންދޫ ޞިއްޙީ މަރުކަޒު، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ވޮޗަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ވޮޗަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:  SS1

މުސާރަ

މަހަކު -/3100 ރުފިޔާ

އެލަވަންސްތައް:

1- ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ.

2- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

3- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަސައްކަތް ކުރަންޖެހޭ ތަން

ހިރިލަންދޫ ޞިއްޙީ މަރުކަޒު، ތ. ހިރިލަންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަރުކަޒާއި މަރުކަޒުގެ ގޯތީގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލްސަރވިސްގެ ވަޒީފާއަށް  އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 26 ވާ ބުދަ ދުވަހުގެ 15:00 (ހުށަހަޅާ ތަކެތި ބަލައިގަތުން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް މި މަރުކަޒުގެ އޮފީސްބައިން ކުރިއަށްދާނެއެވެ.)

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނޭ ތަނަކާއި ތާރީޚު

އިންޓަވިއު ކުރިއަށްދާނީ، ހިރިލަންދޫ ޞިއްޙީ މަރުކަޒުން ކަނޑައަޅާ ތަނެއްގައި، 2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރެރޭގައި، ހިރިލަންދޫގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780532 ނަންބަރު ފޯނަށް ނުވަތަ 9676330 ނަންބަރު ފޯނަށެވެ.

1 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015
ހޯދާ