ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ރިވައިޒް ކުރުމަށް

ސްޓަޑީގައިޑްރިވައިޒް ކުރުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ މާސްޓަރސް އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ކޯހުގެ ތިރީގައި މިދަންނަވާ ދެ މާއްދާގެ ސްޓަޑީގައިޑް މުރާޖަޢާކޮށް އިޞްލާޙު ކުރަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 31 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތުކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

މާއްދާ

1

ހިއުމަންރައިޓްސް އެންޑް ހިއުމަންރައިޓްސް ބޭސްޑް އެޕްރޯޗް ޓު ޑިވެލޮޕްމެންޓް

2

ލީޑަރޝިޕް އެންޑް ޕޮލިސީ ޑިޒައިން

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ