މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު:TES/2015/CA-10  

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީގެ އެދިލެއްވުމުގެ މަތިން، ހުޅުލޭގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭކަލުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި 23 އޮގަސްޓު 2015 އިން 6 ސެޕްޓެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ 10:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 2015 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5- މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ހުޅުލޭގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6- ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބަޔަށް މާކުހެއް ނުދެވޭނެއެވެ.

7- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ ޖުމްލަ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ ޖުމްލަ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފްސީލް މިޕްރޮޖެކްޓްގެ މައުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

9- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން: 3349296       3349106

  ފެކްސް: 3320706      

  އީމެއިލް: [email protected]

  ކޮޕީ: [email protected] 

20 އޮގަސްޓް 2015
ހޯދާ