މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ(ކޮންޓްރެކްޓް)

މުސާރަ:  3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން:   އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު / ކ.މާފުށި

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޔޫތު/ސްޕޯޓްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޔޫތު ސެންޓަރުގެ އިދާރީ އެންމެހައި ކަންތައްތައް ކުރުން.

- ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވާ ހިންގާ އަދި އެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ނަން:   މަސައްކަތު(ކޮންޓްރެކްޓް )

މުސާރަ:  3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން:   ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު / ކ.މާފުށި

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުމާޢި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކޮންމެ ދުވަހަކު މަރުކަޒުގެ އޮފީސްތެރެ ފޮޅައި ސާފުކުރުން.

- ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

- ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުން.

- ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު 1 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ކ.މާފުށި ކައުންސިލް އިދާރާއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ކ.މާފުށި ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ