ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ކުނިއުކުން 1 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓްކޮށް އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ގދ.އަތޮޅު ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް

23 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް

އަދި، ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ