މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ށ. ކޮމަންޑޫ ޞިޢްޙީމަރުކަޒުގެ ޢިމާރާތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގެ ޢިމާރާތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ