މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ސައުންޑް ސިސްޓަމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ނަންބަރު 2015/9/އެމް.އެސް އިޢުލާނާ ގުޅިގެން، ސައުންޑް ސިސްޓަމް މަރާމާތުކޮށްދޭން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާނުގެ އެއައިޓަމް ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

* މި ސްކޫލްގެ ސައުންޑް ސިސްޓަމް އާކޮށްދޭނެ ބަޔަކު ހޯދުން

މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 10:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލްގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.  

17 އޮގަސްޓް 2015
ހޯދާ