ހއ. މުރައިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހެކެވެ.

ރިސެޕްޝަނިސްޓް

މަޤާމު:

1 (އެކެއް)

ބޭނުންވާ އަދަދު:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކުލެސިފިކޭޝަން:

-/4465 ރުފިޔާ

މުސާރަ:

-/1500 ރުފިޔާ

ސަރވިސް އެލަވަންސް:

އެޑްމިނިސްޓްރޭޓިވް

ޑިވިޝަން/ސެކްޝަން:

ހއ.މުރައިދޫ ޞިއްޙީމަރުކަޒު/ ހއ.މުރައިދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ.މުރައިދޫ ޞިއްޙީމަރުކަޒު

އާންމު ގޮތެއްގައި ވަޒީފާ އަދާކުރަންޖެހޭ ތަން:

  1. ޕޭޝަންޓުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  2. ޞިއްޙީމަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދުމަށް ފޯނުން ނުވަތަ އެހެން ގޮތަކުންވެސް މުޢާމަލާތު ކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތު ކުރުމާއެކު ކަންކަން އޮންނަގޮތް ރަނގަޅަށް ސާފުކޮށް ބުނެދިނުން.
  3. ޕޭޝަންޓުންގެ މެމޯ ހެދުމާއި ޕްރިސްކްރިޕްޝަން ތައްޔާރު ކުރުން.
  4. އާސަންދައިގެ ދަށުން ހަދަންޖެހޭ ޓްރާންސެކްޝަންތައް ހެދުމާއި އަދި އިންވޮއިސްތައް އާސަންދަ ޚިދުމަތްދޭ އޮފީހަށް ކޮންމެ މަހެއްގެ 15 ގެ ފަހުން ފޮނުވުން.
  5. ޖީ.ޕީ ސާރވިސްއާ ގުޅިގެން ބަލަހައްޓަންޖެހޭ ބަލިމީހުންގެ ފައިލްތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ތަރުޖަމާނު ނެތް ހާލަތުގައި ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމުގައި އެހީތެރިވެދިނުމާއި ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން މެޑިކޯ ލީގަލް އަދި ރިފަރަލް ފަދަ ލިޔުންތައް ތައްޔާރުކުރުން.
  7. ޕޭޝަންޓުން ރިފަރ ކުރާއިރު ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމުގައި އެހީތެރިވުން
  8. އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުމާއި ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

 

ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:

ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލީމާއި، ތަޖުރިބާ

  1. ހާސިލު ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ސިވިލްސާރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތުފައިސާއާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު / ސީވީ)
ހުށަހަޅަންޖެހޭ ލިޔުންތައް: 

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ.މުރައިދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅުއްވަންވާނެއެވެ.

ސުންގަޑި
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  އިންޓަވިއު އޮންނާނެ ތާރީޚާއި ތަން 
 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500569 ނަންބަރު ފޯނާއެވެ.

05 އޮގަސްޓް 2015
ހޯދާ