މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު: ޑިރެކްޓަރ   

މުސާރަ

މަހަކު -/8835

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް

އީ.އެކްސް.1

ބޭނުންވާ އަދަދު 

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

އޭ.ސީ.ސީ.އޭ ނުވަތަ ޕަބްލިކް ފައިނޭންސް ނުވަތަ ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗެލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި (ބަޖެޓް މެނޭޖްކުރުމުގެ ދާއިރާ) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ބަޖެޓް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި އެސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.
  • މި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • މިނިސްޓްރީއަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާއި، ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން، އެއަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި މިނިސްޓަރަށް ހުށަހެޅުން.
  • އެ އަހަރަކަށް ކަނޑަ އަޅާ ލިބިފައިވާ ބަޖެޓް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން. މިގޮތުން ބަޖެޓް އެޖަސްޓް ކުރުމާއި ކޮންޓްރޯލް ކުރުމާއި މިނިސްޓްރީން ހިންގާ ހުރިހާ މަޝްރޫޢް ތަކުގެ މާލީ ކަންކަން ބެލެހެއްޓުމާއި، ލަފާ ދިނުމާއި ޙަރަދު ކުރުމަށް ހުއްދަ ދިނުން.
  • ކޮންމެ މާލީއަހަރެއް ނިމޭތާ 3 މަސްދުވަހުގެ ތެރޭގައި (31 މާރިޗު ގެ ނިޔަލަށް)މިނިސްޓްރީގެ ފައިނޭންޝަލް ސްޓޭޓްމަންޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން.
  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ޚަރަދުތައް ކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • މާލީ ކަންކަން ބަލަހައްޓާ މުވައްޒަފުންނަކީ މާލީ އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނު ދިނުމުގެ ކަންތައް ކުރުން.
  • މިނިސްޓްރީއާއި ދަށުގައިވާ ތަންތަނުގެމާލީ މަސްއޫލިއްޔަތުތަކާ ބެހޭގޮތުންމާލިއްޔަތު ގަވާއިދާއި ސަރުކާރުގެ ސިޔާސަތާއި، ހިސާބު ބެލެހެއްޓުމާބެހޭ ޢާންމު އިރުޝާދުތަކާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ ހަމަތަކާއި، އުސޫލުތަކާއި އަދި އެއްވެސް ޤާނޫނަކާ ތަޢާރުޒުނުވާ ގޮތެއްގެ މަތިންކަންކަން ބެލެހެއްޓުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ސަރުކާރު އިދާރާއެއްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  • ބަޖެޓާއި ފައިސާއާބެހޭ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިމިންވަރު.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަދި އާންމު ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު

މަޤާމު: ރިސާރޗް އޮފިސަރ  

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު  

01 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގަތުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސް އެކްސްޕޯރޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް މަސް ވިއްކުމަށް މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުން.
  • މަސް އެކްސްޕޯރޓްކުރުމަށް ނުވަތަ އެކްސްޕޯރޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަހާއި މަހުން ތަކެތި އުފައްދާ ތަންތަނުގެ ލައިސަންސް ދޫކުރުން.
  • މަސްވެރިކަމަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ބާޠިލުކުރުން އަދި ޤާނޫނީ ފޯމު ފުރާދިނުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒް ކުރުން.
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވާ ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒް ކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުން.
  • މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސައވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ                                        

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް: 4

ބޭނުންވާ އަދަދު 

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

މަސައްކަތްކުރަންޖެހޭ ތަން

ހދ.ހަނިމާދޫ/ އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

 

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްތައް ރާވާ އެމަސައްކަތްތައް ކުރުން.
  • މިނިސްޓްރީން ރާވައިގެން ހިންގާ ދަނޑުވެރިކަމުގެ އެކިއެކި ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ މަސައްކަތުގައި އެހީތެރިވެދިނުން އަދި އެޕްރޮޖެކްޓްތައް ހިންގާ ރައްރަށަށް ދަތުރުކޮށް އެހީތެރިވުން.
  • ދަނޑުވެރިކަން ތަރައްޤީކުރުމަށް ކުރެވިދާނެ އެންމެހާ ކަންކަން ހޯދާ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްކުރުމާއި އެކަންތައްތައް ތަޖްރިބާ ކުރުމުގެ މަސައްކަތްކުރުން އަދި ކަމުގެ މަޢުލޫމާތު ފެތުރުން.
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ކުރިއަށްގެންދެވޭ ތަފާތު ރިސާރޗް މަސައްކަތްތައް ރާވާ އެމަސައްކަތްތައް ކުރުން އަދި ކަމާ ގުޅޭ ރިޕޯރޓްތައް އެކުލަވާލައި ކަމުގެ މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދެވޭ އެނިމަލް ހަޒްބެންޑްރީއާއި ގުޅުންހުރި މަސައްކަތްތައް ރާވާ ހިންގުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.
  • މިމަޤާގާމަށް މީހުން ހޮވުމުގައި ސައިންސް ސްޓީރިމް ހަދާފައިވާ ކުދިންނަށާއި ދަނޑުވެރިކަމުގެ މައްސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވޭނެކަން ދައްކައިދޭ ކުދިންނަށް އަދި ރާއްޖޭގެ އެކި ރަށްރަށަށް ދަތުކުރެވޭނެ ކުދިންނަށް އިސްކަންދެވޭނެއެވެ.

މަޤާމު: އެސިސްޓެންޓް ޕަރޗެސިންގ އޮފިސަރ  

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 ބޭނުންވާ އަދަދު

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އޮފީސް އެޑްމިނިސްޓްރޭޝަން ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ތައްޔާރުކުރުން.
  • މިނިސްޓްރީއަށް ހޯދަށް ބޭނުންވާ ޚިދުމަތާއި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުން.
  • މިނިސްޓްރީއަށް ހޯދާ ޚިދުމަތާއި ތަކެތި މިނިސްޓްރީއަށް ބަލައިގަތުމުގެ މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެ ތަކެތި ބަލައިގަތުން.
  • މިނިސްޓްރީއިން ހޯދާ ތަކެތި އެހެން ރަށަކަން ނުވަތަ މާލޭގެ އެހެން ސަރަޙައްދަކަށް ފޮނުވަންޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަކެތި ފޮނުވަންޖެހޭ ތަނަކަށް ފޮނުވައި އެތަކެތި ލިބުނުތޯ ޔަގީންކުރުން.
  • ޚިދުމަތާއި ތަކެތި ހޯދުމުގެ މަސައްކަތުގައި ތައްޔާރުކުރެވޭ ލިޔެކިޔުން އަދި ލިބޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ފައިލް ކުރުން.

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓް ލިސްޓު ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 
ސުންގަޑި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 
އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 
06 އޮގަސްޓް 2015
ހޯދާ