ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުން

2015 ވަނައަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.

މިކަމަށް އެދޭ ފޯމު 2015 އޮގަސްޓު 16 ން 2015 ސެޕްޓެންބަރު 03 ގެ ނިޔަލަށް، މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން މި މުއްދަތުގައި ޑައުންލޯޑު ކުރެއްވޭނެއެވެ. ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:30 އަށެވެ.

ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 3 ވަނަ ދުވަހުގެ 14:30ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ