ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓުގެ ބައެއް މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓުގެ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މިކޯޓަށް، ނުވަތަ ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކޯޓަށް ނުވަތަ ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަދި މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ