ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އޮފިސަރ

ވަޒީފާގެ ދާއިރާ:       

ޕްރޮޖެކްޓްސް، ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/6,300ރ. އާއި -/11,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އިގޭ ފަރާތެއްކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްކުރުން
  • ޑިޕާޓްމަންޓުން ހިންގާ އެކިއެކި ޕްރޮޖެކްޓްސްތަކުގެ އެންމެހައި ލިޔެކިއުންތައް ބެލެހެއްޓުން
  • ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މުސާރައާ ބެހޭ މަސައްކަތްކުރުން
  • ޑިޕާޓްމަންޓުގެ ޕެޓީ ކޭޝް ފައިސާ ބެލެހެއްޓުމާއި އޭގެ ރިޕޯޓު ހެދުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

19 އޮގަސްޓު 2015 ދުވަހުގެ 15:00 ގެ ކުރިން

މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 19 އޮގަސްޓު 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

26 ޝައްވާލް 1435

11 އޮގަސްޓް 2015
ހޯދާ