ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރ

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ ގރ. 1

އަދަދު:1

މުސާރަ: -/3830ރ އާއި -/4410ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެޑްމިން އެންޑް އެޗް އާރް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން.  

މަޤާމުގެ މަސްއޫލިއްޔަތު:

  • އެގްޒެކިއުޓިވް ފެންވަރުގެ ބެފުޅުންނަށް ރަސްމީ ދަތުރުތަކާ ގުޅިގެން ވެހިކަލްގައި ޖުރަންޖެހޭ އެކިއެކި ދަތުރުތައް.
  • ފައިނޭންސް ޑިޕާޓްމަންޓް ގެ ބޭނުމަށް ކުރަން ޖެހޭ ދަތުރުތައް.
  • އޮފީހުގެ އެކިއެކި ކަންކަމަށް ބޭނުންވާ ރަސްމީ ދަތުރުތައް.

ތަޢުލީމާއި ތަޖްރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރި މީހަކު ކަމުގައިވުން
  • ބީ1، ސީީ1، ސީ2 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • މަޤާމާ ގުޅޭ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ އިސްކަން ދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަންއެއް ނުލިބިއްޖެނަމަ މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344273 ވެބްސައިޓް: www.stomaldives.com

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ