މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ 2015 ވަނަ އަހަރުގެ އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ 2015 ގެ އިންޓާރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ