މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 4

އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/5,020 ރުފިޔާ

-/1,500 ރުފިޔާ

-/1,757 ރުފިޔާ (އިތުރު ގަޑީގައި ކުރާ  މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެނަރޖީ ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭއްވޭ ތަފާތު ވާރކްޝޮޕްތަކާއި ކޮންފަރެންސް ރާވައި އިންތިޒާމުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގޭ މަޝްރޫޢުތައް ތަންފީޛުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުން.
  • ރިނިއުބަލް އެނަރޖީ ޓެކްނޮލޮޖީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމުގައި އަދި ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން މިނިސްޓްރީގެ ފަރާތުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ހަކަތައިގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ޑިޕާޓްމަންޓަށް ލިބޭ އެކިއެކި ފުރުޞަތުތަކުގައި މުވައްޒަފަށް ފުރުޞަތު ލިބޭ ވަރަކުން ބައިވެރިވެ ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް ރާއްޖެ ތަމްސީލުކުރުން.
  • ޔުނިޓް ހެޑަށް އެހީތެރިކަން ދިނުމާއި އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  • މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލްތަކާއި އީމެއިލްއަށް ޖަވާބުދާރީވުމާއި މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބޭ ތަފާތު ސިޓީ ފަދަ ތަކެތި ފައިލްކުރުން.
  • އެކި ތަންތަނަށް ފޮނުވާ ސިޓީ، މެމޯ އަދި ނޯޓް ފަދަ ތަކެތި ޑްރާފްޓްކުރުމާއި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  • ދުވަހު ޔައުމިއްޔާ ލިޔުމާއި ފައިލުކުރުން.
  • ޑިޕާޓްމަންޓުން ރާވައި އެކިއެކި މީޓިންގތައް އިންތިޒާމުކުރުން.
  • ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި އަދި ޑިޕާޓްމަންޓުން ކުރަންޖެހޭ ކުއްލި އަދި ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުން.
  • މީގެ ތެރޭގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، އަހަރުގެ ވާރކްޕްލޭން ތަންފީޒުކުރެވޭ ގޮތް ބަލައި، ވާރކްޕްލޭން އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ހަކަތައިގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 އޮގަސްޓު 2015 އާއި 30 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

26 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ