ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލްގެ ސީލިންގ، ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކުރަން

ކައްދޫ އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލްގެ ސީލިންގ، ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި ކައްދޫ އެއަރޕޯޓްގެ ޕަސެންޖަރ ޓާމިނަލްގެ ސީލިންގ، ބޯރަލް ބޯޑު ސީލިންގ ސިސްޓަމަކަށް ބަދަލުކޮށް، ލައިޓު ހަރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ