މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޓީޝާޓް ފަހައި ލޯގޯ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ދޭ ނަމޫނާއާ އެއްގޮތަށް ޓީޝާޓް ފަހައި ލޯގޯ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

އަދި ދަންނަވަމެވެ. މި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ދޭ ނަމޫނާއާ އެއްގޮތަށް ޓީޝާޓް ފަހައި ލޯގޯ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)141-A/1/2015/184)ފ(28 މޭ 2015) އިޢުލާނު، މި އިޢުލާނާ ގުޅިގެން ވަނީ ބާޠިލު ކުރެވިފައެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( ހެންވޭރު ބޯޅަގެ )

އަންގާރަ

18 އޮގަސްޓު 2015

13:00

އަންދާސީހިސާބު ހުށަހެޅުން

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( ހެންވޭރު ބޯޅަގެ )

އާދީއްތަ

23 އޮގަސްޓު 2015

13:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ