މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމާއި ޕްރިންޓަރު ފޯރުކޮށްދީ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު: TES/2015/G-10

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1- ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވާރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ)ގެ ދަށުން 12 ސްކޫލަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ޕްރިންޓަރު ފޯރުކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2- ވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭނުމަށް, މިމިނިސްޓްރީން ކުރި ނަންބަރު IUL)13-K1/13/2015/225) އިޢުލާނުގައިވާ ބީލަން ފޮތްތައް ވިއްކުމުގެ މުއްދަތު 30 އޮގަސްޓު 2015 ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

3- މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑް ބޭންކުގެ ”އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) “ ވާރލްޑްބޭންކު ގައިޑްލައިންސްގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4- މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިދަޢުވަތުގައި ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ ތަކެއްޗަށް ވަކި ޚާއްޞަ އިސްކަމެއް ނުދެވޭނެއެވެ. އިތުރު ތަފުސީލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

5- ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ޖުލައި 2015 އިން 30 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޓެންޑަރ އިވެލުއޭޝަން ސެކްޝަން

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު،

  މާލެ، ދިވެހިރާއްޖެ،

  ޓެލެފޯން: 960.3349125+

  ފެކްސް: 960.3320706+

  އީމެއިލް: [email protected]

  ކޮޕީ: [email protected]

7- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހަ) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

8- ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/140،000 (އެއްލަކަ ސާޅީސްހާސް) ރުފިޔާ ނުވަތަ 9,079.00 (ނުވަހާސް ހަތްދިހަ ނުވަ ޔޫ.އެސް ޑޮލަރ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

9- ބިޑް ހުޅުވުން އޮންނާނީ 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10- މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

13 އޮގަސްޓް 2015
ހޯދާ