ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހުގެ ދަށުގައިވާ އެއަރޕޯޓްތަކަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ