ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޮތްތަކެއް ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ފޮތްތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 368/MNU-CA-FNP/2015 އަށް އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހުށަހަޅަން ހާޒިރުވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮގަސްޓު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަގަޑިއަށް ހާޟިރު ނުވާފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ