ކުނަހަންދޫ ޞިއްޙީ މަރުކަޒު، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން / ރިސެޕްޝަން ކައުންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. އާސަންދައިގެދަށުން ފައިސާ ލިބޭ ކަންތައްތަކަށް ބިލުހަދައި، ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ފޮނުވާ ފައިސާ ލިބެމުންދޭތޯ ކަށަވަރުކުރުން.

2. ޞިއްޙީ މަރުކަޒަށް ލިބޭ އާމްދަނީގެ ފައިސާ، ހޮސްޕިޓަލުގެ އެކައުންޓަށް މަހުން މަހަށް ޖަމާކުރުމުގައްޔާއި، ރެކޯޑްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

3. ފައިސާ ލިބޭ ކަންތައްތަކުގެ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން.

4. ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

5. ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.

7. ޞިއްޙީ މަރުކަޒުގެ ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައްޔާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި އެހީތެރިވުން.

8. އާމްދަނީ ފައިސާގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.

9. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ އޭ ޓީ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ ސީ ސީ އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ އޭ ޓީ) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން / ރިސެޕްޝަން ކައުންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުވައިދީ ޚިދުމަތްތަކާ ގުޅުވައިދިނުމާއި،  އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ޑިޕާޓްމަންޓްތަކާ މުވާޞަލާތް ހިންގުން.

2. ޞިއްޙީ މަރުކަޒަށް ޑަކްޓަރަށް ދައްކަން އަންނަ ބަލިމީހުންގެ ޚިދުމަތުގެ ޓްރާންސެކްސަން އޮންލައިންކޮށް ހެދުމާއި، ޚިދުމަތުގެ މެމޯ ނުވަތަ ރިސިޕްޓް ތައްޔާރުކޮށް ޕުރިންޓުކުރުން.

3. ޚިދުމަތް ހޯދުމަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ފައިސާ ބަލައިގަތުމާއި، އެފަރާތްތަކަށް ރިސިޕްޓް ހަވާލުކުރުން.

ތަޢުލީމާއި ތަޖުރިބާ

1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،  ބިޒިނަސް  އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ   ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

2. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

1. އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ.

2. ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

3. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުންނާއި،  ހެލްތު  މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުނަހަންދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒުގައެވެ.

މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ،  6800790 ނަންބަރު ފޯނަށެވެ. 

28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ