ޑްރަގް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: އެމް. އެސް. 1

ބޭނުންވާ އަދަދު

1 (އެކެއް)

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް. އާރް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ކޯޓު

އަސާސީ މުސާރަ

މަހަކު -/5،610 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް

1. މުވައްޒަފުންގެ ހާޒިރީއާއި ބޭރަށްދާ ހާޒިރީ ބެލެހެއްޓުމާއި، އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

2. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.

3. ޖަލްސާ/ކޮމިޓީ/ބައްދަލުވުންތައް އިންތިޒާމްކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

4. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މާލިއްޔާތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް މިކަންކަން ހިންގައި ބެލެހެއްޓުން.

5. މުވައްޒަފުން ތަމްރީންކުރުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ސެކްޝަން ހެޑްގެ މަޝްވަރާއާއެކު އިޞްލާޙީ ފިޔަވަޅު އެޅުމާއި، އެކަމާބެހޭ ލިޔުންތައް ލިޔެ ރެކޯޑު ބެލެހެއްޓުން.

6. ކޯޓުގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.

7. ކޯޓުގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން އެޅުން.

8. މުވައްޒަފުން އިތުރުކުރުމާއި ވަކިކުރުމާއި ބަދަލުކުރުމާބެހޭ އެންމެހައި ކަންތައްތައް، އިސް ޤާޟީ ނުވަތަ އިސް ޤާޟީގެ މަސްއޫލިއްޔަތާ ހަވާލުވެހުންނެވި ޤާޟީގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.

9. މުވައްޒަފުންގެ ރިޓަޔަމަންޓުގެ މަސައްކަތް، ޝަރުޢީ ދާއިރާގެ މުވައްޒަފުންނާބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި

2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ހުށަހަޅަންޖެހޭ،  ވަޒީފާއަށް  އެދޭ  ފޯމް،  މި  ކޯޓުގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.drugcourt.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ