ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                  01

   ރޭންކް:                       ޖީ.އެސް.4

   ކްލެސިފިކޭޝަން:                  އޮފިސަރ ގްރޭޑް 2

   މުސާރަ:                      -/5020 ރުފިޔާ

   ސަރވިސް އެލަވަންސް              -/1500ރުފިޔާ

   ވަޒީފާ އޮތް އޮފީސް:               ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:          ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

                            (އެޗް.އާރް.ގައި މަސައްކަތް ކުރުމަށް)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އިންސްޓްޓިއުޓްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހާ ލިޔެ ކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވުން.
  2. އިންސްޓްޓިއުޓްގެ މަސައްކަތްކުރާ މުވައްޒަފުން އެޕްރައިޒް ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމާއި އެޕްރައިސަލް މަސައްކަތް ކުރިއަށްދާ މިންވަރު ބެލުން.
  3. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕްކުރުން.
  4. މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކުރުން.
  5. އިންސްޓްޓިއުޓްގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް އެފަރާތްތަކާ ޙަވާލުކުރުން.
  6. މި އިންސްޓްޓިއުޓުން ސްޕޮންސަރކޮށްގެން ކޯހުގައި ބައިވެރިކުރާ މުވައްޒަފުންގެ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން
  7. ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވައިލެއްޕުން.
  8. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް އޮގަނައިޒް ކުރުމުގައި ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރުން.
  9. ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

ޝަރުޠު

1- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ކުރެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ބ. މިމަޤާމަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން މަސައްކަތްކޮށްފައިވާ މުއްދަތާއި ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެއެވެ.

  

   މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                   01

   ރޭންކް:                        ޖީ.އެސް.4

   ކްލެސިފިކޭޝަން:                   އޮފިސަރ ގްރޭޑް 2

   މުސާރަ:                       -/5020 ރުފިޔާ

   ސަރވިސް އެލަވަންސް               -/1500ރުފިޔާ

   ވަޒީފާ އޮތް އޮފީސް:                ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                       ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:           ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

                             (ފައިނޭންސް ޔުނިޓް)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި އިންސްޓިޓިއުޓުން ކުރާ ހުރިހާ ފައިސާގެ ހިސާބު ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެކަމަށް ކަނޑައެޅިފައިތިބޭ މުވައްޒަފުން ލައްވައި ކުރުވުމާއި މަސައްކަތުގެ ޕްރޮގްރެސް ޔުނިޓްގެ ވެރިޔާއަށް އެރުވުން.
  2. މި އިންސްޓިޓިއުޓުގެ އެކައުންޓްގެ ހުރިހާ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ބެހެއްޓުމާއި ހަދަންޖެހޭ ރިޕޯޓްތައް ހަދާ ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  3. މި އިންސްޓިޓިއުޓުގެ އެކައުންޓްގެ ވައުޗަރ ހެދުމާއި ޚަރަދުކުރުމަށް ހުއްދަދެވޭ ހުރިހާ ފައިސާއެއް ބިލްތަކާއި ވައުޗަރާ ދިމާވޭތޯ ޗެކްކުރުން.
  4. މި އިންސްޓިޓިއުޓުގެ ފަރާތުން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ވައުޗަރތަކުގެ ސްޓޭޓަސް އޮޅުން ފިލުވައި ފައިސާ ލިބުން ލަސްވާނަމަ ކަމާބެހޭ އިސްވެރިއެއްގެ ސަމަލުކަމަށް ގެނައުން.
  5. މި އިންސްޓިޓިއުޓުގެ މަޤުޞަދު ހާސިލު ކުރުމަށްޓަކައި ހިންގާ ޙަރަކާތްތަކުގައި ބަޖެޓުން ކުރަންޖެހޭ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުން ޚިދުމަތް ދިނުމަށް ބާރު އެޅުން.
  6. މި އިންސްޓިޓިއުޓުގެ ހުރިހާ ޑިޕާޓްމަންޓްތަކާ ގުޅައިގެން ކުރިއަށް އޮންނަ އަހަރަށް ރާވާ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ކުރިއަށް ލަފާކުރާ ބަޖެޓްގައި ހިމަނުއްވައި މިނިސްޓްރީން އަންގަވާ ތާރީޚަކަށް ހައްދަވައި ނިންމުން އަދި ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފޮނުއްވުން.

ޝަރުޠު

1- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ބ. މިމަޤާމަށް މީހަކު ހޮވުމުގައި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މަސައްކަތްކޮށްފައިވާ މުއްދަތާއި، ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެއެވެ.

 

   މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                   01

   ރޭންކް:                        ޖީ.އެސް.4

   ކްލެސިފިކޭޝަން :                  އޮފިސަރ ގްރޭޑް 2

   މުސާރަ :                      -/5020 ރުފިޔާ

   ސަރވިސް އެލަވަންސް               -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:                ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި                        ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް :          ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

                             (އެޑްމިން އެންޑް އެޗް.އާރް. ޔުނިޓް)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕްކޮށް ފޮނުވައި ހެދުން.
  2. ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވައި ލެއްޕުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  3. އެންޓްރީކުރާ މުވައްޒަފު އޮފީހަށް ހާޒިރުނުވާނަމަ އެންޓްރީ ކުރުމުގެ މަސައްކަތް ކުރުން.
  4. އޮފީހުގެ ޔައުމިއްޔާ ލިޔުން.
  5. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް އިންތިޒާމުކުރުމުގައި ވެރިންގެ ލަފާގެ މަތިން މަސައްކަތް ކުރުން.
  6. ޔުނިޓްގެ ފައިލިންގ ސިސްޓަމް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން.
  7. ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
  8. މި މަރުކަޒަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެގޮތަށް އެމީހުންނަށް އެހީތެރިވެވޭނެގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  9. މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް މަހަކު އެއްފަހަރު ޑިޕާޓްމަންޓްތަކަށް ފޮނުވުން.

ޝަރުޠު

4- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

5- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

6- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ކުރެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 އޮގަސްޓު 2015 އާއި 31 އޮގަސްޓު  2015 އާ ދެމެދުގެ ތާރީޚެއްގައި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3323242 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮގަސްޓް 2015
ހޯދާ