ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޮނޑޭ މަދަރުސާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ކޮނޑޭ މަދަރުސާގެ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޮނޑޭ މަދަރުސާއިން ބޭނުންވަނީ މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތެކެވެ.

މަޤާމު: ކައުންސިލަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގއ.ކޮނޑޭ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން / ކޮނޑޭ މަދަރުސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތައް ބެލެހެއްޓުން.
  2. ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގ ފޮލޯއަޕް ހެދުން.
  3. ދަރިވަރުންގެ ނަފްސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުން ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަންދިނުން.
  4. ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެމަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
  5. ސުކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުން ސުކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.
  6. ސުކޫލުގެ އަހަރީ އިނާމުދިނުމުގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސުކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ކައުންސިލަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި، ލިބިފައިވާ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމަށް ބެލޭނެއެވެ. އަދި އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި، އުމުރުން 65 އަހަރު ވެފައިވާ ފަރާތްތަކާއި ޝަރުޢީ ހުކުމެއް ތަންފީޒުކުރަމުންގެންދާ ފަރާތްތަކެއް ނުހިމެނޭނެއެވެ.

އިންޓަރވިއުކުރުން:

ކައުންސިލަރުކަމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުން އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، މި ސްކޫލުގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގއ.ކޮނޑޭ ސުކޫލަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 01:00 ގައެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ގއ.ކޮނޑޭ ސްކޫލުގެ 6820097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015
ހޯދާ