ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީއެއް އެކުލަވައިލުން

އިޢުލާން

މިކޯޓުގެ ނަންބަރު Q10C/2013/ފ213 ޤަޟިއްޔާ އާ ގުޅިގެން އަގު ކޮމިޓީއެއް އެކުލަވާލުމަށް ކުރެވުނު މިކޯޓުގެ ނަންބަރު A/03/2015/Q10MC އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ގދ. ތިނަދޫ 'މާދޫގެ' ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަން އަގުކުރުމަށްޓަކައި އަގު ކޮމިޓީއެއް އެކުލަވާލަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • މަސައްކަތް: މިކޯޓުން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
  • މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.
  • ޝަރުޠު:- ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.

ވީމާ، މިކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)، އައިޑީކާޑުގެ ކޮޕީއާއި، ވަނަވަރު 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

19 ޝައްވާލް 1436

05 އޮގަސްޓް 2015
ހޯދާ