މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮޕަޓީ މެނޭޖްމަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޕަޓީ މެނޭޖްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

265846

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ރިއަލް އެސްޓޭޓް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/7035ރ
  • ސަރވިސް އެލަވަންސް: -/2000ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީތަކާ ޙަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތު ކުރުމާ ބެހޭ ގަވާާއިދުގެ ދަށުން ފްރީ ހޯލްޑްކޮށް ދޫކުރާ ބިންތަކުގެ ރަޖިސްޓަރީ އާ ގުޅޭ އެންމެހައި ކަންތައްތައް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާާއިދުގެ ދަށުން ލީސް ހޯލްޑްކޮށް ދޫކުރާ ބިންތަކުގެ ރަޖިސްޓަރީއާ ގުޅޭ އެންމެހައި ކަންތައް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާާއިދުގެ ދަށުން ލީސްކޮށް ދޫކުރާ ބިންތަކުގެ ރަޖިސްޓަރީއާ ގުޅޭ އެންމެހައި ކަންތައް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާާއިދުގެ ދަށުން ޓައިޓްލް ބަދަލުކުރުމުގެ އެންމެހައި ކަންތައް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު އިން ދޫކުރާ ފްލެޓްތައް ރަޖިސްޓަރީ ކުރުމާއި ޓައިޓްލް ބަދަލުކުރުމުގެ އެންމެހައި ކަންތައްކޮށް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ހުރިހާ ބިންތަކުގެ ދަފްތަރު އެކުލަވާލާ، އަޕްޑޭޓްކުރޭތޯ ބަލައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކޮށް މޮނިޓަރކުރުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތައް ރަޙުނުކުރުމާއި ގުޅޭގޮތުން ދަފުތަރެއް އެކުލަވާލުމުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓައި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކާއި ހިއްސާކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  • ސެކްޝަންގެ މަސައްކަތް އިތުރަށް ކުރިއެރުވިދާނެ ގޮތްތައް ހޯދައި އުސޫލްތައް ޤާއިމުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  6. މުޢާމަލާތުކުރުމުގެ ހުނަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ