މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ލީގަލް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީއެސް 4-7 / ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލްސް

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

266885

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ލީގަލް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/9220ރ
  • ސަރވިސް އެލަވަންސް: -/2400ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)

ޝަރުތު

  • ޤާނޫނީ ގޮތުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީ.އެސް 3-7 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިމިނިސްޓްރީގެ ހައުސިންގް ޑިޕާޓްމެންޓްގެ ރިއަލް އެސްޓޭޓް ޔުނިޓަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗަރ އިން ދޭންޖެހޭ އެންމެހައި ހުއްދަތައް ދިނުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އަށް ހުށަހަޅާ އެކިއެކި ޝަކުވާތަށް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތުކުރެވޭ އެކި ބިންތައް ރަހުނު ކުރުމާ ގުޅޭގޮތުން ދަފްތަރެއް އެކުލަވައިލުމުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.
  • މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ އެކި ބިންތަކާ ގުޅިގެން ދުވަހުން ދުވަހަށް އެކުލަވައިލާންޖެހޭ އުސޫލުތައް އިސްވެރިންގެ މަޝްވަރާއާ އެއްގޮތަށް އެކުލަވައިލައި ތަންފީޒުކުރުން.
  • އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  5. މުޢާމަލާތު ކުރުމުގެ ހުނަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ