ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްކޭނަރ، ޕްރޮޖެކްޓަރ އަދި ކެމެރާ ގަތުމަށް

ސްކޭނަރ، ޕްރޮޖެކްޓަރ އަދި ކެމެރާ ގަތުމަށް ބޭނުންވެއްޖެ:

މި ބިއުރޯއަށް ބޭނުންވާ ސްކޭނަރ، ޕްރޮޖެކްޓަރ އަދި ކެމެރާ ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)457-AIT/1/2015/7)ފ(13 ޖުލައި 2015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގަންނަން ބޭނުންވާ ތަކެތި:

- ފީޑަރ ސްކޭނަރ

- ފްލެޓް ބެޑް ސްކޭނަރ

- ޕްރޮޖެކްޓަރ

- ޑީ-އެސް .އެލް.އާރ ކެމެރާ

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397،3349394 3349489 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ